Saturday, January 28, 2012

ސަރުކާރު ބައެއް އޮފީސްތައް ފޭސްބުކް އަށް ބަދަލުކުރަނީ

ސަރުކާރުން ގެންގުޅޭ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ބައެއް އޮފީސްތައް ހިންގުން "ފޭސްބުކް" އަށް ބަދަލުކުރުމަށް ކެބިނެޓުން ނިންމައިފިއެވެ. އިއްޔެ ހަވީރު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި މިގޮތަށް ނިންމާފައި މިވަނީ އެ އޮފީސްތަކުން އެގޮތަށް އެދުމުން ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއެވެ. މިގޮތުން ބަދަލު ކުރަން ހަމަޖެއްސީ ކޮންކޮން އޮފީސްތަކެއްކަން އަދި މުޅިން  ކަށަވަރުވެފައެއް ނުވެއެވެ.

މިހާރުވެސް ސަރުކާރު އޮފީސްތަކުގެ ހުރިހާ ފަންތިއެއްގެ ބޭފުޅުންވެސް ގިނަ ވަގުތު ހޭދަ ކުރައްވަނީ ފޭސްބުކްގައި

ސަރުކާރުގެ މިނިންމުމަށް ތާއީދު ކުރައްވާ މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަރަމަންޓް މުޙަންމަދު އަސްލަމް ވަނީ އޭނާގެ ފޭސްބުކް ސްޓޭޓަސްގައި "ފޭސް ބުކް އިޒް މައި ނިއު އޮފީސް...ވޫހޫ! ސޯ އޯސަމް... މީތި ސަޅިއޭ ރައީސްމީހާ!!" މިހެން ލިޔުއްވާފައެވެ. ގިނަ އަދަދެއްގެ މުވައްޒަފުންނާއި ސަރުކާރުގެ އިސްވެރިން މި ސްޓޭޓަސް ލައިކް ކޮށް ޝެއާރ ކޮށްފައިވެއެވެ. މިކަމާބެހޭ ގޮތުން ފޭސްބުކް ޗެޓް މެދުވެރިކޮށް ދެއްވި އިންޓަރވިއު އެއްގައި އަސްލަމް ވިދާޅުވީ މިހާރުވެސް ގިނަ އަދަދެއްގެ ސަރުކާރު މުވައްޒަފުން ވަޒީފާގެ ވަގުތުގެ 142% ވަގުތު ހޭދަ ކުރަމުންދަނީ ފޭސް ބުކްގައި ކަމަށެވެ. އަދި މުވަޒަފުން ފޭސްބުކް އިން ބޭރުކުރުމަކީ ހަރަދު ބޮޑު، ހިތްދަތި މަޝްރޫޢަކަށްވާތީ  އޮފީސް ފޭސްބުކް އަށް ގެންދިއުމަށް ވުރެ މޮޅުގޮތެއް ނެތްކަމަށެވެ.

ފޭސްބުކް އަށް ބަދަލުކުރެވޭ އޮފީސްތަކުން އެންސީޢައިޓީގެ އީގަވަރމަންޓް ނިޒާމް ބޭނުން ކުރުންވެސް މުޅިން ހުއްޓާލާނެއެވެ. އަދި ކޮންމެ މުއައްސަސާއަކަށް ވަކި ގްރޫޕެއް ހަދާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

0 ޚިޔާލު:

Post a Comment